ވަރިކުރަންވީމާ އެނގޭނީ ފިރިމީހާއަށް - ވަރިނުވާހައި ހިނދެއްގައި ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ވަރިކުރަންވީމާ އެނގޭނީ ފިރިމީހާއަށް - ވަރިނުވާހައި ހިނދެއްގައި ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ: ޑރ. އިޔާޟް
"އަނބިމީހާ ބުނަނީ ދުރުގަ ހުރެފަ ފޯނުން ގުޅާފަ ނޫނީ މެސެޖްކޮށްފަ ވަރިކުރަން. އެގޮތަށް ވަރި ނުކޮށްފިނަމަ ފިރިމީހާ ފާފަވެރިވާނެތޯ؟ އަދި ވާނެތޯ އަނބިމީހާގެ ހައްޤެއް ހިފެހެއްޓުމަށް؟"

މިސުވާލުތަކުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:

"ވަރިކުރަންވީމާ އެނގޭނީ ފިރިމީހާއަށް. ވީމާ ވަރިކުރަން ވެއްޖެކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ޖިމާޢުނުވާ ޠުހުރެއްގައި ފޯނުން ވިޔަސް ނޫނީ ދިމާއަށް ބުނެގެން ނަމަވެސް ވަރިކުރެވިދާނެ." ކަމަށެވެ.

"ވަރިވާން ބޭނުންވެގެން އަނބިމީހާ އުޅެނީ ދުރުގަ. އެފަދަ ހާލަތުގަ ފިރިމީހާއަށް ކިޔަމަންވާން އަނބިމީހާއަށް ޖެހޭނެތޯ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވީ:

"ވަރިނުވާހައި ހިނދެއްގައި (ފިރިމީހާއަށް) ކިޔަމަންވާން ޖެހޭނެ" ކަމަށެވެ.
މިއަދު އޮންލައިން