ޢިޝާ ނަމާދުގެ ކުރިން ކުރަންޖެހޭނީ މަޣްރިބް ނަމާދު - ފަތިސް ނަމާދުކޮށްފައި މެނުވީ މެންދުރު ނަމާދު ނުކުރެވޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޢިޝާ ނަމާދުގެ ކުރިން ކުރަންޖެހޭނީ މަޣްރިބް ނަމާދު - ފަތިސް ނަމާދުކޮށްފައި މެނުވީ މެންދުރު ނަމާދު ނުކުރެވޭނެ: ޑރ. އިޔާޟް
"މަޣްރިބް ނަމާދު ނުކޮށް، ޢިޝާ ނަމާދުގެ ޖަމާއަތަށް މިސްކިތަށް ގޮސް ވެސް ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުތަ؟"

މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:

"ޢިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިވާނީ މަޣްރިބް ނަމާދު ކުރުމުގެ ނިޔަތުގައެވެ. އިމާމް މީހާ 3 ރަކްޢަތް ފުރިހަމަކުރީމާ ނުތެދުވެ އިނދެ އައްތަޙިއްޔާތު ފުރިހަމަކުރާނީ (ކިޔާނީ) އެވެ. އަދި އިމާމް މީހާ 4 ރަކްޢަތް (ޢިޝާ ނަމާދުގެ) ނިންމާފައި ސަލާމް ދިނީމާ ސަލާމް ދޭނީއެވެ. އަދި ފަހުން ތެދުވެ ޤަމަތްދީފައި ޢިޝާނަމާދުކުރާނީއެވެ."

"ފަތިސް ނަމާދު ނުކޮށް މެންދުރު ނަމާދުކުރުމުން އެކަމުގެ ސަވާބު ލިބޭނެތޯ؟" މިސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވީ "ފަތިސް ނަމާދުކޮށްފައި މެނުވީ މެންދުރު ނަމާދު ނުކުރެވޭނެ" ކަމަށެވެ.

ޑރ. އިޔާޟްގެ މި ޖަވާބުން އެނގިގެންދަނީ ނަމާދު، ވަގުތުގައި ކުރުމުގެ މުހިންމު ކަމެވެ. އެކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރެވެ. ދުވަހުގެ ނަމާދުތައް ބަރިއަކަށް ކުރަން ބެހެއްޓުމެއް ނެތްކަމެވެ.

ނަމާދާބެހޭ އިތުރު ބައެއް މައުލުމާތު:

"އެކަނިހުރެ ނަމާދުކުރާއިރު (ރޭގަނޑުގެ ނަމާދު) ބާރަށް ކިޔެވުން ލާޒިމެއް ނޫނެވެ."

"ނިދިގެން ހުކުރު ނަމާދު ނުކުރެވިއްޖެނަމަ މެންދުރު ނަމާދު ކުރާނީ އަދާއަށެވެ."

"ފާނަބަސަންދު ފަދަ ގައިން ގައަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ މިސްކިތަށް ދިއުމެއް ނެތެވެ. އެފަދަ ބައްޔެއް ޖެހިފައި ހުއްޓާ މީސްތަކުން އެއްވާ ތަންތަނަށް ނުކުމެ ހަދައިގެން ނުވާނެއެވެ."
މިއަދު އޮންލައިން