"ބަކަރި ކަތި ނުލެވެނީސް ކުއްޖާ މަރުވެއްޖެނަމަ ޢަޤީޤާ ކަތިލަން ޖެހޭނެތޯ؟"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:
"މާބަނޑު މީހާގެ ބަނޑުގައިވާ ދަރިފުޅު ފުރާނަ އެޅުއްވުމަށްފަހު (ބަނޑަށް 4 މަސްވުމަށްފަހު) ކުއްޖާ މަރުވެއްޖެކަމަށް ވަނީނަމަ ކުއްޖާއަށް ނަން ކިޔައި ކަށު ނަމާދުކޮށް އަދި ޢަޤީޤާ ކަތިލަން ޖެހޭނެއެވެ.
"ކުދިންނަށް ނަން ކިޔުމަށް ޕާރުސަލް ބެހުމަކީ ކޮންކަހަލަ ކަމެއް؟ އައިސް ކުކުޅާ ބޮނޑިބަތް އަޅާފަ؟"
މިސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ:
"ދިވެހިންގެ ޘަޤާފީ ކަމެއް. ދީނީ ގޮތުން ކުރަންޖެހޭ ކަމެއް ނޫން. ނަމަވެސް މަނާ ކަމެއްވެސް ނޫން." ކަމަށެވެ.