ކެމްޕޭނަށް ޑރ. ޝަހީމް ދ. އަތޮޅަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 43ސ
ކެމްޕޭނަށް ޑރ. ޝަހީމް ދ. އަތޮޅަށް ވަޑައިގެންފި
މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެ ރަނިންމޭޓު ޑރ. މުޙައްމަދު ޝަހީމް ދ. އަތޮޅަށް ފުރާ ވަޑައިގެންފިއެވެ.

ޑރ. ޝަހީމް އެއަތޮޅަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ޔާމީނަށް ތާއީދު ހޯދުމަށްޓަކައި ކެމްޕޭނު ކުރެއްވުމަށް މީގެ ކުރިން ޑރ. ޝަހީމް ވަނީ ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

ކެމްޕޭނު ދަތުރެއްގައި މިއަދު ދ. އަތޮޅަށް ވަޑައިގެންނެވިއިރު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލު ކުރެއްވުމަށް ޕީޕީއެމް އިން ރޭގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ. ނަމަވެސް ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ ޢަބްދުލް ޤައްޔޫމްގެ ފިރިކަލުން މުޙައްމަދު މަނިކު ނިޔާވުމުގެ ހިތާމަވެރި ޚަބަރާއި ގުޅިގެން އެޖަލްސާވަނީ މެދުކަނޑާލާފައެވެ.
މިއަދު އޮންލައިން