ދ. މީދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނު ގުޅިވަޑައިގެންފައިވަނީ ކޮން ޤައުމުތަކަކާއިއެކުގައި ކަން ވެސް ބަލަން ޖެހޭނެ ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުން ގުޅިގެން އުޅެނީ ކޮން ބައަކާއި ކަމާއި އަދި ކޮން ޤައުމުތަކަކާއިކަންވެސް ބަލަންޖެހޭނެ ކަމަށެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު އެއީ ޙަދީޘްފުޅެކެވެ. މީހެއްގެ ޙަޤީޤަތް ދެނެގަންނަން ބޭނުން ނަމަ އެމީހަކު އެކުގައި އުޅެނީ ކޮން ކަންތައްތަކެއް ކުރާ ކޮން ފަލްސަފާއަކަށް އަމަލުކުރާ ބައެއްތޯ ބެލުމަށް ޙަދީޘްގައި ވަނީ ބަޔާންކުރައްވަވައިފައެވެ.
ރައީސް ޔާމީނަށް ދ. މީދޫގަ ރައީސް ޔާމީނަށް ތާއީދު އެބައޮތްކަން އެރަށުން އެނގިވަޑައިގެންފި ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގެ އިސް އިމާމް މުޙައްމަދު ލަޠީފް އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް މުޙައްމަދު ދީދީ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
#RaeesYameen ah thaeeedh ithurukurumuge gothun Dh. Meedhoo Rayyithunnaa emmegaathun. #YameenShaheem2018 #ProgressShared #YS2018 #EmmenEkeh pic.twitter.com/2kd0obSq8Y
— محمد شهيم علي سعيد (@Mohamedshaheem1) September 9, 2018