މާފުކޮށްފިނަމަ މަރުގެ ދިޔަ ދޭކަށް ނުޖެހޭނެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
މާފުކޮށްފިނަމަ މަރުގެ ދިޔަ ދޭކަށް ނުޖެހޭނެ
ޤިޞާޞް މާފުކޮށްފިނަމަ މަރުގެ ދިޔަ އާ ކައްފާރާ އާ ދެއެތިވެސް ދެން ޖެހޭނެތޯ؟ ނޫނީ ހަމައެކަނި މަރުގެ ދިޔަތޯ ދޭންޖެހޭނީ؟

މިސުވާލުގެ ޖަވާބުގައި ޝައިޚް ޝާފިޢު ވިދާޅުވެފައިވަނީ ޤިޞާޞްގަ އޮންނަނީ 3 ގޮތެއް ކަމަށެވެ. އެއީ 1. މަރަށް މަރުހިފުން. 2. މަރުގެ ދިޔަ ހިފުން. 3. މާފުކުރުން ކަމަށެވެ.

މަރާލެވިފައިވާ މީހާގެ ވާރިސުންނަށް މި 3 ގޮތުންކުރެ އެމީހަކު ބޭނުން ގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ.

އެހެންވީމާ މާފުކޮށްފިނަމަ މަރުގެ ދިޔަވެސް ދޭކަށް ނުޖެހޭނެއެވެ. މަރުގެ ދިޔަދޭން ޖެހިއްޖެނަމަ މާފުކުރި ކަމަކަށް ނުވާނެއެވެ.

މިއަދު އޮންލައިން