ތެދުވެރިކަމާ އަމާނާތްތެރިކަން ހުރިނަމަ ހުރިހާ ކުށެއް އިޞްލާޙް ކުރެވޭނެ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ތެދުވެރިކަމާ އަމާނާތްތެރިކަން ހުރިނަމަ ހުރިހާ ކުށެއް އިޞްލާޙް ކުރެވޭނެ: ޝައިޚް އިލްޔާސް
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް އުނި ކަންތައްތަކެއް އެމީހެއްގެ ކިބައިގައި ހުންނާނެ މީހެކެވެ. ނަމަވެސް އެމީހެއްގެ ކިބައި ތެދުވެރިކަމާއި އަމާނާތްތެރިކަން ހުރިނަމަ އެމީހެއްގެ ކިބައިގައި ހުންނަ އުނި ސިފަތައް ދާނީ އިޞްލާހްވަމުންނެވެ.

އަޅުގަނޑުމެން ކައިވެނިކޮށްގެން މިއުޅޭއިރު އަނބި، ފިރި މީހާގެ ކިބައި ވެސް އުނިކަންތައްތަކެއް ހުންނާނެއެވެ. ނަމަވެސް ކައިވެނިކޮށްގެން މިދަނީ ލޯބިން ދިރިއުޅެމުންނެވެ. އެހެންވީމާ އަމާނާތްތެރިކަމާއި ތެދުވެރިކަން ހުރި ނަމަ އެމީހަކާއިއެކު ލޯބިން އުޅެވޭނެއެވެ.

އެއްވެސް މީހަކު ވަޒީފާއަށް ބިރުގަތުމެއް ނެތެވެ. އެހެނީ މައިމީހާގެ ބަނޑުގައި 4 މަސްވެ ފުރާނަ އަޅުއްވަވާ ހިސާބުން އެމިހާއަށް ކަނޑައަޅުއްވަވާފައިވާ ރިޒްޤް ﷲ ތަޢާލާ ވަނީ ލިޔުއްވަވައިފައެވެ. އެއަށް އުނި އިތުރު ގެނައުމުގެ އެއްވެސް ބާރެއް އެއްވެސް ފަރާތަކަށް، މީހަކަށް ލިބިގެނެއް ނުވެއެވެ.

ﷲ ތަޢާލާ ލިޔުއްވަވާފައިވާ ވަރަށް އެންމެންނަށްވެސް ރިޒްޤް ލިބޭނެއެވެ. ވީމާ ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް އެއްވެސް މީހަކު އެއްވެސް ކަމެއްގައި ބިރުވެތިވުމެއް ނެތެވެ.

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު މެލޭސިޔާގައި ދެއްވި ދަރުސުން.
މިއަދު އޮންލައިން