މިއަހަރުގެ އާޝޫރާ ދުވަސް ނުވަތަ މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ މިމަހުގެ 20 ވަނަ ދުވަސް ކަމަށްވާ މި ހަފްތާގެ ބުރާސްފަތި ދުވަހެވެ. އެހެންކަމުން އެދުވަހު ރޯދަ ހިފައިފިނަމަ ރޯދަ ހިފުން ސުންނަތްވެގެންވާ ބުރާސްފަތި ދުވަހުވެސް ރޯދަ ހިފުނީއެވެ.
އާޝާރާ ދުވަހު ރޯދަ ހިފާނަމަ ކުރިއަށް ނުވަތަ ފަހަތަށް އެއް ދުވަހު ރޯދަހިފަންޖެހޭނެއެވެ. އެހެންކަމުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހުވެސް އަދި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ވެސް ރޯދަ ހިފިދާނެއެވެ. އިތުރަށް 1 ދުވަހު ރޯދަ ހިފައި "ޕްލަސް" ކޮށްލަން ބޭނުން ނަމަ ބުރާސްފަތި ދުވަހާއި ގުޅުވައިގެން ހަފްތާ ބަންދު ދެދުވަސް ކަމުގައިވާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް ވަރަށް އަރާމު ކަމާއިއެކު ރޯދަ ހިފިދާނެއެވެ.
ޝައިޚް ޖައުފަރު ވިދާޅުވަނީ މުސްލިމުންނަކީ އަޅުކަމުގައި ކުރި ހޯދަން އަބަދުވެސް މަސައްކަތްކުރަންޖެހޭ ބައަކަށްވާއިރު ބޮޑަށް ބުރަވެވަޑައިގަންނަވަނީ 9 ވަނަ ދުވަސް، ބުދަ ދުވަހުން ފެށިގެން ރޯދަ ހިފުމަށް ކަމަށެވެ. މާނައަކީ ބުދަ ދުވަހު ރޯދަ ހިފައި އާޝޫރާ ދުވަހު (ބުރާސްފަތި ދުވަހު) ރޯދަ ހިފުމަށް ކަމަށެވެ.
މާތް ﷲ ގެ މަގުގައި ރޯދަ ހިފައިފިނަމަ ހިފާ ކޮންމެ ރޯދައެއްގެ ސަބަބުން އެމީހާގެ މޫނު 70 އަހަރުގެ ރާސްތާއަށް ﷲ ތަޢާލާ ނަރަކައާއި ދުރުކޮށްދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އޮތްއިރު ބުރާސްފަތި ދުވަހާއިއެކު ހަފްތާ ބަންދު ދެދުވަހު ރޯދަ ހިފައިފިނަމަ އެމީހެއްގެ މޫނު 210 އަހަރަށް ނަރަކައާއި ދުރުކުރެވުމުގެ އުންމީދު ލިބިގެންދާނެއެވެ.
ގުޅުންހުރި ލިޔުމެއް: