ގަދަފަދަ މީހާގެ ކިބައިން ބަލިކަށި މީހާގެ ޙައްޤު ހޯދައި ނުދެވޭ ބައަކަށް ﷲ ހެޔޮ ގޮތް މިންވަރު ކުރައްވަވާނީ ކިހިނަކުން؟: ހަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ގަދަފަދަ މީހާގެ ކިބައިން ބަލިކަށި މީހާގެ ޙައްޤު ހޯދައި ނުދެވޭ ބައަކަށް ﷲ ހެޔޮ ގޮތް މިންވަރު ކުރައްވަވާނީ ކިހިނަކުން؟: ހަދީޘް
"އެބައިމީހުންގެ ގަދަފަދަ މީހާގެ ކިބައިން އެބައިމީހުންގެ ބަލިކަށި މީހާގެ ޙައްޤު ހޯދައި ނުދެވޭ ބައަކަށް ﷲ ހެޔޮ ގޮތް މިންވަރު ކުރައްވަވާނީ ކިހިނަކުން ހެއްޔެވެ"

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ޓްވީޓް ކުރައްވަވާފައިވާ ޙަދީޘްފުޅެކެވެ.

މިޙަދީޘްފުޅުން އެނގެންދަނީ މުޖުތަމައުގައި ތިބި ގަދަފަދަ މީހުންގެ ކިބައިން ބަލިކަށި މީހުންގެ ޙައްޤު ހޯދައި ނުދެވޭ ބައަކަށް ﷲ ތަޢާލާ ހެޔޮ ގޮތް މިންވަރު ނުކުރައްވަވާނެ ކަމެވެ. އެފަދަ މުޖުތަމައުއަކަށް ﷲ ތަޢާލާގެ ރުއްސެވުން ނުލިބޭނެ ކަމެވެ.

ރާއްޖެއަށް ބަލައިފިނަމަ މިއީ މިއަދު ވިސްނާލަން ޖެހިފައިވާ ޙާލަތެކެވެ. ކާނަލް ނާޒިމް ބަންދުގައި އެބަހައްޓަނީ އެމަނިކުފާނުގެ ކޮން ކުށެއް އޮވެގެންތޯއެވެ؟ ގަދަ ފަދަ ބައެއްގެ ބާރާ ނުފޫޒުން ނިކަމެތި މީހާ ހުރަގޭގައި ބަންދުކޮށް ހިފަހައްޓަމުން ގެންދަނީ ނޫންތޯއެވެ؟ މިފަދަ ނިކަމެތި ހާލުގައި ތިބެން ޖެހިފައިވަނީ ކިތައް ނިކަމެތިންތޯއެވެ؟ އެ މީހުންނަށާއި އެމީހުންގެ ޢާއިލާތަކަށް ހޯދައިދެވެނީ ކޮން އިންޞާފެއްތޯއެވެ؟


މިއަދު އޮންލައިން