ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުން ވަނީ ނަފްސާނީ ބިރުވެރިކަމަކަށް ވައްޓާލާފަ: އައިޝާ

ކިޔުމަށް ހޭދަވާނީ 1މ 1ސ
ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުން ވަނީ ނަފްސާނީ ބިރުވެރިކަމަކަށް ވައްޓާލާފަ: އައިޝާ
ރައީސް ޔާމީންގެ ވެރިކަމުގައި ވޭތުވެދިޔަ ފަސް އަހަރު، ރައްޔިތުން ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލުޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހަށް ތާއީދު ހޯެއދަވައި ދެއްވުމަށް، ޖުމްހޫރީ ވިންދުގެ ފަރާތުން ކުރަމުން ގެންދާ ދަތުރުގައި އައްޑޫ ސިޓީގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އައިޝަތު ނަހުލާ ވިދާޅުވީ އައްޑޫއަކީ އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުން އުޅޭ ތަނެއް ކަމަށާއި އެސިޓީއިން ފެނިގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބަލިވާ މަންޒަރު ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް އެރިކަމުގައި ވިޔަސް ފެންނަމުންދަނީއެމަންޒަރު ކަމަށާއި ކޮންމެ ރަށަކަށް ވަޑައިގެންނެވި ކަމުގައި ވީނަމަވެސް ރައްޔިތުން ދައްކަނީ އަނިޔާވެރިކަމާ ބޭއިންސާފުގެ ވާހަކަ ކަމަށް ވެސް އައިޝަތު ނަހުލާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިބްރާހިމް މުޙައްމަދު ސޯލިހަށް ވޯޓު ދެއްވަންވީ މިކަންކަމުން ރައްޔިތުން ސަލާމަތް ވުމަށް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މިއަދު އޮންލައިން