ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މިއަދު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާތީ، މިއަދު ބައެއް ވަގުތު ތަކުގައި ސިނަމާލެ ބްރިޖުން ދަތުރުފަތުރު ނުކުރެވޭނެ ކަމަށް ޓްރެފިކް ފުލުހުން މައުލޫމާތު ދީފިއެވެ.
ފުލުހުން ބުނިގޮތުގައި އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި މިއަދު މެންދުރުފަހު 15:15 އިން ހަވީރު 16:15 އަށް، އަދި ހަވީރު 17:30 އިން އިރުއޮއްސި 18:30 އާއި ހަމައަށް އެއްގަމު އުޅަނދުތަކުން ސިނަމާލެ ބްރިޖު މަތިން ދަތުރުފަތުރު ކުރުން ބަންދު ކުރެވިފައިވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް މިއަދު A380 ފްލައިޓު ޖައްސާނީ، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކަޕް ކާމިޔާބުކުރި ރާއްޖޭގެ ޤައުމީ ޓީމާއިއެކުއެވެ.