ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ފަހަރަށް ބޯޓެއް ޖައްސައިފިއެވެ.
މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތުގައި އެއާބަސް އޭ 380 މަރުކާގެ ބޯޓެއް ޖެއްސީ ރައީސް އަބްދުﷲ ޔާމީން ހުއްދަ ދެއްވުމުންނެވެ.
ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ޖެއްސި މި ތާރީޚީ ދުވަހު، އާ ރަންވޭއަށް ޖެއްސީ ޔޫއޭއީގެ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861-380 މަރުކާގެ ބޯޓެކެވެ.
ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގޮވައިގެން އައި އެ ބޯޓުގެ ޕައިލެޓަކަށް ހުރީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ.