ޕީޕީއެމްގެ ރެޖިސްޓްރާ ގެ މަގާމުން ހިޔަލީ ވަކިކޮށް، ނާޒިމް ކަނޑަ އަޅައިފި

ކިޔުމަށް ހޭދަވާނީ 57ސ
ޕީޕީއެމްގެ ރެޖިސްޓްރާ ގެ މަގާމުން ހިޔަލީ ވަކިކޮށް، ނާޒިމް ކަނޑަ އަޅައިފި
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމުމުން ޕީޕީއެމްގެ ރެޖިސްޓްރާ ހިޔަލީ މުޙައްމަދު ރަޝީދު އެމަގާމުން ވަކިކޮށް އެމަގާމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އައްޔަނު ކޮށްފިއެވެ.

ހިޔަލީ ގެ މަގާމަށް މިނިސްޓަރު ނާޒިމް އައްޔަނު ކުރީ މިއަދު ބޭއްވި ޕީޕީއެމް ގެ ކައުންސިލް ބައްދަލުވުމުގައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަރިސް ބޭފުޅެއް ކަމަށްވާ ހިޔަލީ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙާއި ބައްދަލު ކުރައްވާފައެވެ. އަދި އިބޫ އަށް ތާއީދު ކުރައްވާ ކަން ހާމަ ކުރުމުގެ ގޮތުން އޭނާގެ ޓްވިޓާ އެކައުންޓުގައި ނަންބަރު 2 ވެސް ޖަހާފައިވެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވޯ، ޕީޕީއެމްގެ ރެޖިސްޓްރާ ގެ މަގާމުން ހިޔަލީ ދުރުކުރީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެއްޓެވުމުން ކަމަށެވެ.
މިއަދު އޮންލައިން