ކެމްޕެއިން ދަތުރު ނިންމާލިމަށްފަހު އިބޫ މާލެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 48ސ
ކެމްޕެއިން ދަތުރު ނިންމާލިމަށްފަހު އިބޫ މާލެ ވަޑައިގެންފި
ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިން މުހައްމަދު ސޯލިހް، ހަތަރު އަތޮޅަކަށް ކުރެއްވި ކެންޕެއިން ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައި ގެންފިއެވެ.

އެނާ ވ. މ. ފ. އަދި ދ. އަތޮޅުގެ ރަށްރަށަށް ވަޑައުގެން، އެރަށުގެ ރަށްޠިތުންނާ ބައްދަޅުކޮށް، އެރަށްތަކުގައި އިއްތިހާދުގެ ވެރިކަމުގައި ކޮށްދެއްވާނެ ކަންތައްތައް ވިދާޅުވިއެވެ.

އޭގެ އިތުރުން، އަންނަ އާދިއްތަ ދުވަހުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އިބްރާހިމް މުހައްމަދު ސޯލިހް ގެ ރަންނިންމޭޓް ފައިސަލް ނަސީމް އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ޒިޔާރަތް ކުރަށްވާނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޕެއިން ކުރުމަށްޓަކައި އިބޫ އަދި ފައިސަލް ވަނީ ދެ ބޭފުޅުންގެ މައްޗަށް ބައްސަވާލައިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރައްތަކަށް ދަތުރު ކުރަށްވާފައެވެ.
މިއަދު އޮންލައިން