އޭސީސީ އިން ނިންމި މައްސަލަތަކުގައި ދައުލަތައް 108 މިލިއަން ރުފިޔާ

ކިޔުމަށް ހޭދަވާނީ 55ސ
އޭސީސީ އިން ނިންމި މައްސަލަތަކުގައި ދައުލަތައް 108 މިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ ހަމަސް ތެރޭހައި އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދައުވާކުރުމަށް ފޮނުވާފައިވާ ފަސް މައްސަލަ ބަލައި ނިމި، އެ މައްސަލަތަކުގައި ދައުލަތަށް 108 މިލިއަން ރުފިޔާ އަނބުރާ ލިބެންޖެހޭކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭގެ އިތުރުން މިއަހަރުގެ ދެވަނަ ކުއާޓާގައި މިހާތަނަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެއް ކަމަށް އޭސީސީ އިން ބުންޏެވެ. އަދި އެ މައްސަލާގައި ދެ އަން ހެނަކާއި ފިރިހެނެއެގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައި ދިންކަމުގެ ދައުވާ ކުރުމަށް ވަނީ ހުށަހަޅާފައެވެ.

ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސް ތެރޭގައި އޭސީސީގެ ޕްރޮސިކިއުޓަރ ޖެންރަލެގެ އޮފީހަށް ދައުވާކުރުމަށް ހުށަހަޅާފައި ވާ މައްސަލަ ތަކުގައި ޖުމްލަ 130 މިލިއަން ރުފިޔާ ހިމެނެއެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހެނީ ޖުމްލަ 108 މިލިއަން ރުފިއާ އެވެ.

މިދިޔަ އަހަރުގެ ދެމަނަ ކުއާޓާގައި ދައުވާކުރުމަށްޓަކައި އެ އޮފީހަށް ފޮނުވާފައި ވަނީ މުލިއެކު އެންމެ ދެ މައްސަލައެެވެ. މި މައްސަލަތަކުގައި ފަސް ބާވަތެއްގެ ދައުވާއެއް ކުރުމަށް ފޮނުވާފައި ވާއިރު، 7 ފަރާތެއް މި މައްސަލަތަކުގައި ޝާމިލް ވިއެވެ.
މިއަދު އޮންލައިން