މަޑިވަރުގެ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ޗައިނާގެ ބީޔޫސީޖީ އާހަވާލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
މަޑިވަރުގެ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ޗައިނާގެ ބީޔޫސީޖީ އާހަވާލުކޮށްފި
މަޑިވަރުގައި ތަރަށްގީ ކުރުމްށް ހަމަޖެހިފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ ހުރަވަޅި މޯލްޑިވްސް ރިސޯޓްގެ ކަނޑުއަޑީ ރެސްޓޯރެންޓް ގައި އެވެ.

އެގޮތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެރަށު އެއާޕޯޓް ގާއިމްކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ ކުރެއްދޫ ހޯލްޑިންގްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޗަންޕާ މުހައްމަދު މޫސާ އެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އިންޓަނޭޝަނަލް ޕްރެޒިޑެންޓް ލީ ދައުސަންގް އެވެ.

މަޑިވަރު އެއާޕޯޓް ތަރަށްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭއިރު އެ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކުރެއްދޫ ހޯލްޑިންގްސް ކުންފުނިންނެވެ. އެ އެއާޕޯޓް ތަރައްގީ ކުރެވިގެންދާނީ 1200 މީޓަރުގެ ރަންވޭއަކާއި އެކުގައި އެވެ.

މި ރަސްމިއްޔާތުގައި މުހައްމަދު މޫސާ ވިދާޅުވީ އަށް މަސްދުވަށް ތެރޭގައި މަސައްކަތްތައް ނިންމައި، އަންނަ އަހަރުގެ ޖޫން މަހުގައި އެއާޕޯތް ހުޅުވާނެ ކަމަށެވެ.
މިއަދު އޮންލައިން