ކޯލިޝަން ސަރުކާރުގެ ފިޤްހް އެކަޑެމީން ކަނޑައަޅާނީ އިމާމުން އަމަލު ނުކުރާ ބިސްމި ކިޔަންވާ ގޮތެއްނޫން: މެނިފެސްޓޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޯލިޝަން ސަރުކާރުގެ ފިޤްހް އެކަޑެމީން ކަނޑައަޅާނީ އިމާމުން އަމަލު ނުކުރާ ބިސްމި ކިޔަންވާ ގޮތެއްނޫން: މެނިފެސްޓޯ
ކޯލިޝަން މެނިފެސްޓޯގައި އޮތީ "މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ ފިޤްހް އެކަޑެމީއެއް ޤާއިމުކުރެވި، މެންބަރުން ޢައްޔަނުކުރެވޭނެ ހަރުދަނާ އުޞޫލެއް އެކަށައެޅޭނެ. ރައްޔިތުންނަށް އެނެން ޖެހޭ ދީނުގެ މުހިންމު ޙުކުމްތަކުގައި ފަތުވާ ދިނުމާއި ޚިޔާލު ތަފާތުވުން ހުރި ދީނީ މައްސަލަތަކުގައި ދައުލަތުން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި،

ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށާއި، ޝަރުޢީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުން ހަދާ އެންމެހައި ޤާނޫނުތަކަށް ދީނީ ލަފާދީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަނ މުއައްސަސާތަކުން ހިންގާ ކަންކަމުގައި ހުރި ދީނާ ފުށޫއަރާ ކަންތައްތައް ބަލައި އިޞްލާޙްކުރަން އިރުޝާދު ދިނުމުގެ މަސްއޫލިއްޔަތު އެ މުއައްސަސާ އާއި ހަވާލުކުރެވޭނެ." ކަމަށެވެ.

ރާއްޖޭގައި މިހާރު މިބާވަތުގެ ކަންކަމުގައި ލަފާދެނީ އެންމެ މަތީ މަޖިލީހަކުންނެވެ. އެ މަޖިލިސް އުފައްދައި މެންބަރުންލައި ދައުލަތުން ބޮޑު ހޭދައެއް ކުރަމުން ގެންދާތާ 2 އަހަރުވީއިރު އަދި މިހައިތަނަށް ފަތުވާއެއް ނެރެފައިވަނީ ރޭގަނޑުގެ ނަމާދުތަކުގައި ބިސްމި ބާރަށް ކިޔަން އަންގައެވެ.

އެ އެންގުމަށް އަމަލުކުރަނީ މަދު އިމާމެކެވެ. އިސްލާމީ މަރުކަޒުގައި ކުރާ ނަމާދުތަކުގައިވެސް އަމަލުކުރާ ކަމާއިމެދު ސުވާލު އުފެދެއެވެ.



މިއަދު އޮންލައިން