ޕީޕީއެމް އިން މާފަންނު ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާއަށް އެއްވެފައިވާ މީހުން ފެނި އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ސަޖިދަ ޖައްސަވައިފިއެވެ.
ސްޓޭޑިއަމް ގެ ވެލިދަނޑުގައި ކުރިއަށްދާ މިޖަލްސާއަށް މާލެއާއި އަތޮޅު ތެރެއިން ވެސް ގިނަ ބަޔަކު ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމްގެ މިޖަލްސާ ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ވާހަކަ ދެއްކެވީ ނިހާނެވެ. ވާހަކަ ދައްކަވަން ފެށުމުގެ ކުރިން ސްޓޭޖަށް އަރާވަޑައިގެން ސަޖިދަ ޖެއްސެވި މަންޒަރު ފެނިފައިވެއެވެ.
"ޙައްޤުގެ މަގުގައި ލެހެއްޓެވުން އެދި އަޅުގަނޑުމެން ދުއާ ކުރަން" ޕީޕީއެމް ގެ ޕީޖީ ލީޑަރު ވިދާޅުވިއެވެ.