ޝަހީބް ކިޑްނެޕްކުރި މައްސަލައިގަ އަދިވެސް ފުލުހުންގެ ޖަވާބެއް ނުލިބޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޝަހީބް ކިޑްނެޕްކުރި މައްސަލައިގަ އަދިވެސް ފުލުހުންގެ ޖަވާބެއް ނުލިބޭ!
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް، ޝަހީބް ކިޑްނެޕްކުރި މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް މިރޭ 8:00 އާއި ހަމައަށް ފުލުހުންގެ ޖަވާބެއް ޝަހީބަށް ލިބިފައި ނުވާކަމަށް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝަހީބުގެ ގާތް ބޭފުޅަކު މިރޭ ވިދާޅުވީ ޝަހީބު ކިޑްނެޕްކޮށް ބިރު ދެއްކީ "މަތިން އައި އޯޑަރަކަށް" ކަމަށް ޤަބޫލުކުރަންޖެހެނީ ދެ ދުވަސްވީއިރުވެސް ފުލުހުންގެ އެއްވެސް "ޚަބަރެއް" ނުލިބުމުން ކަމަށެވެ.

ފުލުހުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ މިފަދަ މައްސަލައެއް ހުށަހެޅުނުކަން ނުވަތަ ނޫންކަންވެސް ބުނެދޭން ފުލުހުންގެ މީޑިއާ އޮފިޝަލް ބޭނުން ނުވި ކަމަށެވެ.
މިއަދު އޮންލައިން