މާމިގިލިން ގިނަ އަދަދެއްގެ ޒުވާނުން ޖޭޕީ އާއި ގުޅިއްޖެ

ކިޔުމަށް ހޭދަވާނީ 32ސ
މާމިގިލިން ގިނަ އަދަދެއްގެ ޒުވާނުން ޖޭޕީ އާއި ގުޅިއްޖެ
އއ. މާމިގިއްޔަށް ނިސްބަތްވާ ގިނަ ޒުވާނުން ތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މާމިގިލިން ގާތްގަނޑަކަށް 50 ވަރަކަށް ޒުވާނުން ރަސްމީކޮށް ޖުމްހޫރީ ޕާޓީ އާއި ގުޅުނީ ރޭގެ ވަގުތެއްގައެވެ. އަދި އިއްތިހާދުގެ ކެމްޕޭނު ހަރަކާތްތަކުގައި އަމަލީގޮތުން އެމީހުން ބައިވެރިވާން ފަށާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޖުމްހޫރީ ޕާޓީއާއި ގުޅުނު މިޒުވާނުންނަކީ މީގެކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއަށް ތާއީދުކޮށް، އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕޭނު ހަރަކާތްތަކުގައި މާމިގިލީގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޒުވާނުން ތަކެކެވެ.
މިއަދު އޮންލައިން