މިދިޔަފަސްއަހަރަކީ އައްޑޫ ސިޓީ ވީރާނާވި ފަސް އަހަރު: ސޯދިގް

ކިޔުމަށް ހޭދަވާނީ 1މ
މިދިޔަފަސްއަހަރަކީ އައްޑޫ ސިޓީ ވީރާނާވި ފަސް އަހަރު: ސޯދިގް
ރައީސް ޔާމީންގެ ވެރިކަމިގައި ވޭތުވެދިޔަ ފަސް އަހަރަކީ އައްޑޫ ސިޓީ ވީރާނަ ވެގެންދިޔަ ފަސް އަހަރުކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ހޯއްދެވުމަށް އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ސޯދިގު ވިދާޅުވީ، ފާއިތުވެދިޔަ ފަސްއަހަރަކީ އައްޑޫ އިންތިހާއަށް ވީރާނަވި ފަސްއަހަރު ކަމަށެވެ.

އެ ވީރާނަތައް ތަފްސިލް ކޮށްދެއްވުމަށް އޭނާ ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވޯޓު ދެއްވި ބަޔަކު ވޯޓު ދެއްވީ އެމަނިކުފާނު ގިނަ ވައުދުތަކެއް ވެގެން ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ރައީސް ކަމުގެ ދައުރު ފެށުމާއިއެކު، އެންމެ ފުރަތަމަވެސް ލާމަރުކަޒީ ނިޒާމުން އައްޑޫ ރައްޔިތުންނަށް ލިބިފައިއޮތް ބާރުތައް ނަގައި މާލެއަށްގެނެސް އަންބޮނޑިއަށް މަހާލި ހިސާބުން، ރައިސް ޔާމީން އައްޑޫ ސިޓީ ވީރާނަ ކުރަން ފަށައިފައި ވާކަމަށެވެ. އަދި އައްޑޫގައި ގާއިމު ކުރުމަށް ނިންމާފައިވާ ޓާޝިއަރީ ހޮސްޕިޓަލް ވެގެން ދިޔަ ގޮތް ވެސް ނޭގޭކަމަށް އެވާހަކަ ފުޅުގައި ވިދާޅުވިއެވެ.
މިއަދު އޮންލައިން