ދެން އޮންނަ ޕީޕީއެމްގެ ޖަލްސާއަކަށް އައްޑޫން މީހުން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑު ފްލައިޓުގަ: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދެން އޮންނަ ޕީޕީއެމްގެ ޖަލްސާއަކަށް އައްޑޫން މީހުން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑު ފްލައިޓުގަ: ރައީސް ޔާމީން
އިތުރު 5 އަހަރު ލިބިވަޑައިގެންފިނަމަ ދެން މިހެން އޮންނަ ޕީޕީއެމްގެ ޖަލްސާއަކަށް އައްޑޫން މީހުން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑު ފްލައިޓުގައި ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެއިން މީހުން މާލެ ގެނެސް މިރޭ ސްޓޭޑިއަމް ދަނޑެއްގައި ބޭއްވި އެތައް ހާސް ބައަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެއީ ކުރައްވަން ބޮޑު ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ބޯޓު ރާއްޖެއަށް މިއަދު ޖެއްސުމުން ރައީސް ޔާމީން ރާއްޖެ ތަރައްޤީކޮށްފިކަން އެންމެންނަށް އެނގޭ ކަމަށާއި ރާއްޖޭގެ ކަންކޮޅުތަކުން އެތައް ހާސް ބައަކު މާލެ އައިސް ތިބީ އެވާހަކަ އެމަނިކުފާނަށް ދަންނަވަން ކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ މިރޭގެ ޖަލްސާގައި ބައިވެރިވުމަށް މާލެ އަންނަން ބޭނުންވި ވަރަށް ގިނަ ބައަކު ތިބި ކަމަށާއި ނަމަވެސް އާދެވޭނެ އިންތިޒާމު ހަމަނުޖެއްސެވުނީ ،10 12 ގަޑިއިރުގެ ދަތުރެއްކޮށްގެން އައުމުގައި ދަތިތައް ހުރުމުން ކަމަށެވެ.

އަސުރުމަލުގެ ކުލައަކީ އިދިކޮޅު ފަރާތްތަކަށް ވަރަށް އަސަރު ކުރުވާ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ވަރަށް އިޝްޤީ ކުލައެއް ކަމަށާއި މިހާރު މުޅި ރާއްޖެއިން ފެންނަނީ އަސުރުމާ ކުލައިގައި ތިބޭ ދެ ޖިންސުގެ ޒުވާނުން ކަމަށެވެ. އަދި އަސުރުމާ ކުލައިގެ ބިޔަ ބޮޑު ލަޝްކަރު ނުކުތުމުން ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މިއަދު އޮންލައިން