ކޯލިޝަން ވެރިކަމެއްގައި މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާ ކުރެވޭނެ: ކޯލިޝަން މެނިފެސްޓޯ

ކިޔުމަށް ހޭދަވާނީ 52ސ
ކޯލިޝަން ވެރިކަމެއްގައި މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާ ކުރެވޭނެ: ކޯލިޝަން މެނިފެސްޓޯ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މޫނު ބުރުގާ (ނިޤާބް) އަޅައިގެން އަންހެން ކަނބަލުންނަށް ވަޒީފާ އަދާ ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭނެކަން، ކޯލިޝަންގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ކޯލިޝަންގެ ވެރިކަމެއްގައި ކުށްކުރުން މަދު ވެއްޓެއް ގާއިމްކޮށް މާރާމާރީއާއި އަނިޔާއާއި ހާނިއްކައިން ދުރުހެލިވެ އަމާން ރައްކާތެރު މާހައުލެއްގައި އުޅޭ އުފާވެރި ބަދަހި މުޖުތަމައެއް އުފެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

"ފޮށުމާއި ފުރައްސާރައާއި ޖިންސީ އަދި ނަސްލީ ތަފާތު ކުރުމާއި، ނިސްބަތްވާ ފަންތިއާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުންތަކާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ޤާނޫނު ހެދި، މިކަންކަމާ ދެކޮޅު ޤައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދޭނެ" ކަމަށް ވެސް ކޯލިޝަން ގެ މެނިފެސްޓޯ ގައި ބުނެފައިވެއެވެ.


މިއަދު އޮންލައިން