މަސްތުވާތަކެއްޗާއެކު ދެމީހަކު ތިނަދޫން ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަސްތުވާތަކެއްޗާއެކު ދެމީހަކު ތިނަދޫން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ގދ.ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ، މަސްތުވާތަކެތީގެ ބޭނުން ކުރަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ސެޕްޓެމްބަރު 16 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނުގައި ގދ.ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއްގެ ތެރެއިންނެވެ.

މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 23 އަހަރުގެ މީހާގެއ ަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހާވަނީ ފުލުހުން އެދޯންޏަށް އެރުމާއެކު ދުވެފައިގޮސް ވީހައުލް ތެރެއަށްވަދެ އެއްޗެއް އެއްލާލާފައެވެ. މިމީހާ ހައްޔަރުކޮށް އޭނާގެ ހާޟިރުގައި ވީލް ހައުސް ބަލައިފާސްކުރިއިރު އެތަނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 9 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށްވަނީ 3 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން