ވެރިކަން ލިބުނީމައި ޤާނޫނު އަސާސީ އެއްފަރާތުގައި ބާއްވާފައި ވެރިކަން ނުކުރާނެ ވެރިއަކު ބޭނުންނަމަ އޮތީ މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަމްބަރު ،2 އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަށް ވޯޓުލުން ކަމަށް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިއަދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ކަންކަން ކުރައްވާފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ގޮތަށް ނޫން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ މަޖިލިސް މެންބަރުން ބޭނުންކޮށްގެން ޤާނޫނުތައް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި ޤާނޫނުތައް ތަފާތު ގޮތްތަކަށް މާނަކުރައްވައިގެންވެސް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ އިބޫ އަކީ ޤާނޫނުގައި އޮންނަ ގޮތަށް ނޫނީ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދައްކަވައިދެއްވާފައި ކަމަށެވެ. އެހެންކަމުން ޤައުމުގެ ކަންކަން ޤާނޫނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އޮތް ހަމަ އެކަނި ޗޮއިސް އަކީ އިބޫއަށް ވޯޓުލުން ކަމަށެވެ.