ރާއްޖޭގައި މަސައްކަތްކުރަން ގެންނަ ބިދޭސީންގެ ވަރކްޕަރމިޓް ދޫކުރުން އިމިގްރޭޝަނުން "ބޭރުކުރަން" ޖެހޭ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެކަން ކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ ވިދާޅުވީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނެ ހަރުދަނާ އުޞޫލުތަކެއް ހަމަޖައްސަވާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ވަރކްޕަރމިޓް ދޫކުރުމާއި ވިސާ ދޫކުރުމުގެ މަސައްކަތް ކުރުން ވަކިކޮށްގެން ކަމަށެވެ.
ރާއްޖޭގައި ލައްކައެއް ހައި ބިދޭސީން ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުން ގެންދާކަމަށް ބެލެވޭއިރު އެ އެންމެން ޤައުމުން ބޭރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެހެންކަމާއިއެކުވެސް މައްސަލައަށް ޙައްލު ހޯއްދަވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.