ކުޅުދުއްފުށި އެއާޕޯޓު ސަރަހައްދުން ނެގި 16 ގެއެއްގެ ބަދަލު ދީފި

ކިޔުމަށް ހޭދަވާނީ 46ސ
ކުޅުދުއްފުށި އެއާޕޯޓު ސަރަހައްދުން ނެގި 16 ގެއެއްގެ ބަދަލު ދީފި
ހދ. ކުޅުދުއްފުށީ އެއާޕޯޓު ގާއިމް ކުރުމަށް ނަގަން ޖެހުނު 18 ގެ ތަކުގެ ތެރެއިން 16 ގެއެއްގެ ބަދަލު ދީފިއެވެ.

އެއާޕޯޓު އެޅުމަށް ތަޅާލަން ޖެހުނު 18 ގެ ތަކުގެ ބަދަލުގައި އާ ގެތައް އިމާރާތް ކުރުމަށް އެރަށުން ބިމާއި ފައިސާ ދިނުމަށް ވަނީ ނިންމާފައި އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުން 18 ގެތަކުގެ ތެރެއިން ބަދަލުދިން 16 ގޭގެ ބަދަލު އަދަދުގެ ތަފްސީލު ހާމަކޮށްފައިއެއް ނުވެއެވެ.

ސަރިކާރުން ނިންމި ނިމުމާމެދު ބައެއް ގެތަކުގެ ވެރިން ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައި އެވެ. އެގޮރުން ސަރުކާރުން ވަނީ އެބަދަލުގެ މިންވަރު އިތުރު ކޮށްފައެވެ.

ކުޅުގުއްފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އެއާޕޯޓު ސަރަހައްދުން ނަގަންޖެހޭގެތުކުގެ ތެރެއުއިން ބާކީ ދެ ގޭގެ މައްސަލަ އަދިވެއް ކޯޓު މަރުހަލާގައި އޮތްކަމަށެވެ.

އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ގެތަކުގައި ދިރިއުޅުނު މީހުން އެހެން ތަންތަން ކުޔަށް ނަގައިގެން ބަދަލުވުމަށް މީގެ ކުރިން ކައުންސިލުން އަންގާފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މިއަދު އޮންލައިން