ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތަރު ފްރެންޝައިޒް ރެސްޓޯރަންޓު ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 51ސ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތަރު ފްރެންޝައިޒް ރެސްޓޯރަންޓު ހުޅުވައިފި
ވެލާނާ އިމްޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާފައިވާ ވޯޓާ ފްރަންޓް އިމާރާތުގައި، މުޅި ދުނިޔެއަށް މަޝްހޫރު ހަތަރު ފްރެންޝައިޒް ރެސްޓޯރަންޓު ކަމުގައިވާ ކޭއެފްސީ، ޕިއްޒާ ހަޓް، ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް، މިއަދު ހަވީރު ހުޅުވައިފިއެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ ރެސްޓޯރަންޓެއް މާލޭގައި ވެސް މިއަހަރު ހުޅުވާފައިވާއިރު، ވީއައިއޭ ގައި ހުޅުވި ކޮސްޓާ ކޮފީ އާއި ހާވެސްޓް މާކެޓް ރާއްޖެއަށް ތައާރަފްކުރި މިއީ ފުރަތަމަ ފަހަރެވެ.

ވީއައިއޭ އަށް މީހުން އާއްމުކޮށް ފައިބާ ސަރަޙައްދުގައި މިހަތަރު ފްރެޝައިޒް ރެސްޓޯރަންޓު ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ.

ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތުގައި ހަދާފައި މިހަތަރު ރެސްޓޯރަންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލް ގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ އާއި އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ.
މިއަދު އޮންލައިން