ވަގުތީ ނަތީޖާ އިއުލާން ކުރާނީ ޓެބްލެޓް މެދުވެރި ނުކޮށް ކަމަށް އީސީއިން ޔަގީންކަންދޭ- ކޯލިޝަން

ކިޔުމަށް ހޭދަވާނީ 45ސ
ވަގުތީ ނަތީޖާ އިއުލާން ކުރާނީ ޓެބްލެޓް މެދުވެރި ނުކޮށް ކަމަށް އީސީއިން ޔަގީންކަންދޭ- ކޯލިޝަން
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ ޓެބްލެޓް މެދުވެރި ނުކޮށް ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙް ގެ އިންތިހާބީ އޭޖެންޓު ހިސާން ހުސެއިން ވިދާޅުވީ، ޓެބްލެޓް މެދުވެރިކޮށް ނަތީޖާ އިއުލާން ކުރާ ގޮތަށް އަތްމަތީ ފޮތުގައި ހިމެނިފައިވަނީ އެގޮތަށް އެކަން ކުރުމަށް ކުރިން ނިންމާފައިވާތީ ކަމަށް އީސީ އިން ބުނެފައިވާ ކަމަށެވެ.

ނަމަވެސް ވަގުތީ ނަތީޖާ އިއުލާން ކުރުމަށް މިހާރު ނިންމާފައިވަނީ ކުރިންވެސް އަމަލު ކުރި ގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު، އަނގަބަހުން އިއުލާން ކުރުމަށްފަހު ނަތީޖާ އަތުން ލިޔެގެން ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
މިއަދު އޮންލައިން