ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ އަދަދެއްގެ މީހުންގެ އަދަބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ލުއި ކޮށްދެއްވައިފިއެވެ.
ކަރެކްޝަނަލް ސާވިސަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށް ދިނީ 2013 ވަނަ އަހަރުގެ އޮގަސްޓް 13 ގެ ކުރިން ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް އަދަބު ލުއިކޮށް ދިން މީހުންގެ އަދަދެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.
އެމުއްދަތުގެ ކުރިން ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ މީހުން، ކަރެކްޝަނަލް ސަރވިސްގެ އޮފީހަށް ގުޅައި، އެކަމުގެ މައުލޫމާތު ސާފުކުރެއްވުމަށާއި އެއީ އެފަރާތްތަކާއި ގުޅޭނެ ނަމްބަރެއް އެތަނުގައި ނެތުމުން ކަމަށް ވެސް ކަރެކްޝަންސް ގެ ބަޔާނުގައި ބުނެފައިވެއެވެ.
ޣައިރު ހާޒިރުގައި އަދަބު ލުއި ކޮށްދޭން ނިންމާފައިވާ ފަރާތްތަކަށް، އަދަބު ލުއިކޮށް ދެވޭނީ ހުކުމް ކުރި ފަހުން ފާއިތުވީ ފަސް އަހަރު އިތުރު ކުށެއް ކޮށްފައިނުވާ ނަމަ އެވެ.