ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ދޭން ޓްރައިބިއުނަލާއި ހައި ކޯޓުން އަމުރުކުރުމުންވެސް ސަރުކާރުން އެފައިސާ ނުދިނުމުން މައްސަލަ ސިވިލް ކޯޓަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ދޭން ޓްރައިބިއުނަލާއި ހައި ކޯޓުން އަމުރުކުރުމުންވެސް ސަރުކާރުން އެފައިސާ ނުދިނުމުން މައްސަލަ ސިވިލް ކޯޓަށް
ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން އަމުރުކުރުމުންވެސް ސަރުކާރުން އުނިކުރި ފައިސާ ނުދިނުމުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ނުދޭތީ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ފިޝަރީޒް މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފެކެވެ. އޭނާގެ ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފައި ވާއިރު، ޓްރައިބިއުނަލްގެ އެ ނިންމުމަށް ހައި ކޯޓުން ވެސް މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މުވައްޒަފުގެ ފަރާތުގެ މި ހަފުތާގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ފައިސާ ނުދޭތީ އެ ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި އެވެ.

ސަލާމް ބުނާ ދުވަސްތަކަށް ސިވިލް ސާވިސް މުވައްޒަފުންގެ ސާވިސް އެލަވަންސުން ފައިސާ އުނި ކުރަމުން ދަނިކޮށް އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް ހައި ކޯޓުން 2015 ގައި ވަނީ ހުކުމްކޮށްފަ އެވެ.
މިއަދު އޮންލައިން