މިމަހުގެ 24 ވާ ހޯމަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރަން ނިންމައިިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ ހޯމަ ދުވަހު ސްކޫލްތައް ބަންދު ކުރަން ނިންމާފައިވަނީ، އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ގިނަ ވޯޓު ފޮށިތަކެއް ސްކޫލްތަކުގައި ބަހައްޓަން ނިންމާފައިވާތީ އާއި، ދިމާވާ ކަމެއްގެ ސަބަބުން ހޯމަ ދުވަހަށް ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާނުކުރުން ލަސްވެގެން ހިނގައިދާނެތީ ކަމަށެވެ.
ރިޔާސީ އިންތިހާބު މިމަހުގެ 23 ވާ އާދީއްތަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވެސް ހަމަޖައްސާފައެވެ.
ހޯމަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ބަންދު ކޮށްފައިވީ ނަމަވެސް، އެދަވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަދި ހަމަޖައްސާފައެއް ނުވެއެވެ.