ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިފަހުން ތިން ދުވަހުގެ މަތިން ނެރުނު ބަޔާންތަކަކާއި ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖު ހައްޔަރު ކޮށްފިއެވެ. އެބަޔާންތަކުގައި އަދީބު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ކޮރަޕްޝަނާއި ސިހުރުވެރިކަމާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
މޫސާ ސިރާޖު ހައްޔަރު ކޮށްފައިވަނީ ހޮޓެލް ޖެން އިން ނިކުތްތަނުން ކޯޓު އަމުރެއްގެ ދަށުންނެވެ. އެއަމުރުގައިވާ ގޮތުން، އަދީބާއި ހަވާލާދި ވަކީލު ސިރާޖު ޝާއިއުކޮށް ރިޕޯޓުކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތަކެކެވެ. ހަޑިހުތުރު ބަހުން ލިޔުންތައް ތައްޔާރުކުރާ ކަމުގެ ތުހުމަތު ވެސް ވަކީލުގެ މައްޗަށް ފުލުހުން ކޮށްފައިވެއެވެ.
މޫސާ ސިރާޖުގެ ވަކީލު މަހްފޫޒް ސައީދް ވިދާޅުވީ، ވަކީލު ސިރާޖު ހައްޔަރުކުރީ ރައީސް ޔާމީން ޖިނާއީ ކުށްތަކެއް ކުރި ކަމަށްބުނެ އަދީބާއި ހަވާލާ ދެއްވައި ދޮގު ވާހަކަތަކެއް ފެތުރިކަމަށް ބުނާ މައްސަލައިގައި ކަމަށެވެ.