ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
 ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފި
ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ވިލިމާލެ 2 ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް އެދި ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު [ރައީސް ޔާމީން] މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެރުވުމަށް އެމަނިކުފާނު [ރައީސް ޔާމީން] އަޅުގަނޑު ގާތު ދެންނެވިކަމަށެވެ.

މިހާތަނަށް ގާތްގަނޑަކަށް 18،000 މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅައިފައިވެ އެވެ.
މިއަދު އޮންލައިން