ރައްޔިތުންގެ ކަރު ބުޑުގަ ލަމުންދާ ހިތިރަހަތައް ފޮނި މީރު ރަހަތަކަށް ބަދަލުކޮށްލާނަން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރައްޔިތުންގެ ކަރު ބުޑުގަ ލަމުންދާ ހިތިރަހަތައް ފޮނި މީރު ރަހަތަކަށް ބަދަލުކޮށްލާނަން: ފައިޞަލް
ދިވެހި ރައްޔިތުންގެ ކަރު ބުޑުގައި ލަމުންދާ ހިތިރަހަތައް ކޯލިޝަން ސަރުކާރުން ފޮނި މީރު ރަހަތަކަށް ބަދަލުކޮށްލާނެ ކަމަށް ރަނިން މޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދަން ރާއްޖޭގެ ރަށްތަކަށް ކުރި ދަތުރުތަކުގައި ރައްޔިތުން ދެއްކި އުފާވެރިކަން ކޯލިޝަންގެ ސަރުކާރުން އަބަދުވެސް ހަނދާންކުރާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން ރައްޔިތުންގެ މައްޗަށް ދުވަހަކުވެސް ވެރިވެ ނުގަންނާނެ ކަމަށާއި ޤާނޫނުތައް ނަގަހައްޓައި ދަމަހައްޓާނެ ކަމަށެވެ. ގެއްލިގެން ގޮސްފައިވާ ރައްޔިތުންގެ ހަމަހަމަކަން އަނބުރައި ގެނެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ޚިދުމަތް ކުރާނެ ކަމަށެވެ.

ފައިޞަލް މިރޭވެސް ވިދާޅުވީ ޤާނޫނުން ބޭރުން ގިނަ ބައަކަށް އަނިޔާކުރަމުން ގެންދާ ކަމަށާއި އަނިޔާ ލިބެމުންދާ އެންމެން ސަލާމަތްކުރާނެ ކަމަށެވެ. ކޮރަޕްޝަނަށް ބެލި ނަމަވެސް މެލޭސިޔާގައި ހިންގައިގެން އުޅޭ ކޮރަޕްޝަނުގެ މައްސަލަތަކަށްވުރެ ރައީސް ޔާމީނުގެ ސަރުކާރުގެ ކޮރަޕްޝަން ޢަމަލުތައް މާގިނަ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފައިސާ ހިމާޔަތްކުރުމަށްޓަކައި ވެސް މިހާރުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ.
މިއަދު އޮންލައިން