ސަރުކާރަކުން ބޭނުންވާ ކަމެއް ވެސް ނެތް - ވޯޓު ހޯދަން ޚަރަދުކުރާނެ ފައިސާއެއްވެސް ނެތް - މިއައީ އިބޫއަށް ވޯޓެއް ދޭތޯ އާދޭސްކުރަން: ހިޔަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސަރުކާރަކުން ބޭނުންވާ ކަމެއް ވެސް ނެތް - ވޯޓު ހޯދަން ޚަރަދުކުރާނެ ފައިސާއެއްވެސް ނެތް - މިއައީ އިބޫއަށް ވޯޓެއް ދޭތޯ އާދޭސްކުރަން: ހިޔަލީ
އެއްވެސް ސަރުކާރަކުން ބޭނުންވާ އެއްވެސް ކަމެއް ވެސް ނެތް ކަމަށާއި ވޯޓު ހޯދަން ޚަރަދުކުރާނެ ފައިސާއެއްވެސް އަތުގައި ނެތް ކަމަށާއި ނަމަވެސް އައްޑޫ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގަތީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަށް ވޯޓެއް ދޭތޯ ރައްޔިތުންނަށް އާދޭސްކުރަން ކަމަށް ރައީސް ޔާމީނުގެ އެންމެ ދުވަސްވީ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހިޔަލީ މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ހިޔަލީ ވިދާޅުވީ އޭނާއަކީ ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އަބަދުވެސް ގުޅުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަޙްމަދު ނާޒިމް އާއި ކަމަށެވެ. "އަޅުގަނޑު ނަގައި ކޮޅަށް ޖެހީ ނާޒިމް. މިއަދު މިތަނަށް އައިސް މިހުއްޓުނީ ނާޒިމްގެ އެދުމަށް. ނާޒިމް ބޭނުންވަނީ ރައީސް މައުމޫނަށް ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކުން އެމަނިކުފާނު ސަލާމަތް ކުރަން."

ހިޔަލީ މުޙައްމަދު ރަޝީދު ވިދާޅުވީ 2013 ވަނަ އަހަރު ފައިސާ ޚަރަދު ކުރެއްވި ކަމަށާއި ބޮޑުބައި ޚަރަދު ކުރީ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށެވެ. ނަމަވެސް މިއަދު ޚަރަދުކުރާނެ އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. "އަޅުގަނޑު ހައްޔަރު ކުރި ނަމަވެސް އެއްވެސް މައްސަލައެއް ނެތް. ކަހިރުވަކެކޭވެސް ހިތަކަށް ނާރާ. އަޅުގަނޑަކީ ކެރޭ މީހެއް. ވައްކަމެއް ކޮށްފައެއް ނޯންނާނެ. ޚިޔާނާތްތެރި ވެފައެއް ނޯންނާނެ. އެފަދަ އެއްވެސް ކަމެއްގައި ހާޒިރުކުރަން ލާހިކެއް ނޫން."

ހިޔަލީ މުޙައްމަދު ރަޝީދު ވިދާޅުވީ މިސަރުކާރުގައި އެއްވެސް މުސާރައަކަށް މަސައްކަތް ނުކުރައްވާ ކަމަށާއި އެއްވެސް ފިރިހެން ދަރިކަލަކުވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ވަޒީފާއެއްވެސް ބޭނުންފުޅު ނޫން ކަމަށެވެ."

ހިޔަލީ މުޙައްމަދު ރަޝީދުގެ ވާހަކަފުޅު (އޯޑިއޯ)
މިއަދު އޮންލައިން