މާލޭގައި މިރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިިފިއެވެ.
އެނގިފައިވާ ގޮތުގައި މިމާރާމާރީ ހިނގާފައިވަނީ ހެންވޭރު ޖަނަވަރީމަގު ވެހިލާ ހާޑްވެއާ ސަރަޙައްދުގައެވެ.
މިހަމަލާގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދިނުމަށް މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިރޭ ހިނގި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.