އަބްދުﷲ ޒިޔާދު އިދިކޮޅާއި ގުޅިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އަބްދުﷲ ޒިޔާދު އިދިކޮޅާއި ގުޅިވަޑައިގެންފި
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދު އިދިކޮޅު ކޯލިޝަނާއި ގުޅީވަޑައިގެންފިއެވެ.

އައްޑު ސިޓީގައި ހުންނަވާ ހައުސިން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންކަން އިއުލާން ކުރައްވާފައިވަނީ އައްޑޫސިޓީ ހިތަދޫގަައި އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުން ގެންދާ ޖަލްސާގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވެފައިވަނީ، އިދިކޮޅު ކޮލިޝަނާއި ގުޅީވަޑައިގަންނަވަން އެމަނިކުފާނު ނިންމެވީ މިރޭ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އައްޑޫ ސިޓީއަށް ޚިދުމަތްތަކެއް ކޮށްދެވިއްޖެކަމަށް ޤަބޫލުކުރާ ކަމަށާއި އައްޑޫ ރައްޔިތުންގެ ނުރުހުމުގައި ކަމެއް ކުރެވިފައިވާނަަމަ މާފަށް އެދޭ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.
މިއަދު އޮންލައިން