"މިންވަރު" ދޯނިން ކަނޑަށް ވެއްޓި ގެއްލުނު މީހާ ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
"މިންވަރު" ދޯނިން ކަނޑަށް ވެއްޓި ގެއްލުނު މީހާ ފެނިއްޖެ
އއ. ސަފާރީ އައިލެންޑް ރިސޯޓު (މުށިމަސްގަލި) އިން މާލެ ދަތުރު ކުރަމުން ދިޔަ "މިންވަރު" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓުނު ށ. ބިލެތްފަހި/ ކްރެސްޓް، އަލީ ފައުޒާން (25އ.) ފެނިއްޖެއެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ފައުޒާން ފެނިފައިވަނީ ކަނޑު ަތީގައި އޮއްވާ އެސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ދޯންޏަކަށެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން ވެސް ފަށާފައެވެ.

އަލީ ފައުޒާން ކަނޑަށް ވެއްޓިފައިވަނީ އިއްޔެ އިރުއޮއްސި 18:30 ހާއިރުއެވެ. އެމްއެންޑީއެފް އަށް އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 21:28 ހާއިރުއެވެ.
މިއަދު އޮންލައިން