ކޯލިޝަނުން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވަނީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަށާއި ރަނިންމޭޓް ފައިޞަލް ނަސީމަށް އިއްވަވަންޖެހޭ ހައްޤު ބަސް އިއްވަވައިފައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ހިތްޕުޅު ހެޔޮ ކަމުން ނަމަވެސް ހިލޭ އަންހެނުންނާއި ގައިގޯޅިވެ އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އިސްލާމް ދީން ހުއްދަ ނުކުރާ އެންމެހައި ކަންތައްތަކުން ދުރުހެލިވެ ތިބުމަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް އެއްވެސް ބޭފުޅަކު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޢާންމު ރައްޔިތުންގެ ކުރިމަތީގައި ޙައްޤު ބަސް ވިދާޅުވެ ނަޞޭޙަތްތެރިވެވަޑައިގަތުމުން ޝައިޚް އިލްޔާސަށް ގިނަ ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.
ޕީޕީއެމްގެ ތެރެއަކުން މިބާވަތުގެ އެއްވެސް ކަމެއް އަދި ނުފެނެއެވެ. ދުވާފަރުގަ އާއި މާލޭގައި ބޭއްވި ބިޔަ ބޮޑު ޖަލްސާގައި ކަނޑައެޅިގެން އިސްލާމް ދީނުގެ ޙުކުމްތަކާއި ތަޢާރަޒްވާގޮތަށް ރައްޔިތުންގެ ކުރިމަތީގައި ރައީސް ޔާމީނު ވާހަކަފުޅުދެއްކެވުމުން ވެސް އެންމެ ކުޑަ މިނުން ޕޯޑިއަމް ކައިރިއަށް ޖެހިލާފައި އެކަން އިޞްލާޙްކޮށްލަން ވެސް ކެރުނު އިލްމުވެރިއަކު ފެނިފައެއް ނުވެއެވެ.
Sheikh @ilyaasipa ah saabith kan ithuru kohdhevvaashi. Aameen. pic.twitter.com/PMMgFkLvWk
— Dr Mohamed Iyaz (@dr_iyaz) September 20, 2018