އިދިކޮޅާއި ގުޅުނު ޑެޕިއުޓީ މިނިސްޓަރ މަގާމުން ވަކި ކޮށްފި

ކިޔުމަށް ހޭދަވާނީ 40ސ
އިދިކޮޅާއި ގުޅުނު ޑެޕިއުޓީ މިނިސްޓަރ މަގާމުން ވަކި ކޮށްފި
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ކުރައްވާ އައްޑޫސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދު އެމަގާމުން މިއަދު ވަކި ކޮށްފިއެވެ.

ރޭގެ ޖަލްސާގައި ޒިޔާދު ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަނެ އިބޫއަށް ތާއީދު ކުރާކަން ހާމަ ކުރައްވާފައެވެ.

ހައުސިން މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން މިއަދު ޒިޔާދު ވަކި ކޮށްފައިވަނީ ރައީސް އޮފީހުންނެވެ.

ޒިޔާދު އެމަގާމުން ވަކި ކޮށްފައިވާއިރު އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަތުމުގެ ސަބަބުން ޕީޕީއެމްގެ ރެޖިސްޓްރާ ގެ މަގާމުގައި ހުންނެވި ހިޔަލީ މުޙައްމަދު ރަޝީދު ވެސް ވަނީ، ދާދި ފަހުން އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަތުމުގެ ސަބަބުން އެމަގާމުން ވަކިކޮށްފައެވެ.
މިއަދު އޮންލައިން