މިއީ އައްޝައިޚް ޢަލީ ޒައިދު ކުރައްވަވާފައިވާ ޓްވީޓެކެވެ.
ޝައިޚް އަލީ ޒައިދު މިފަދަ ޓްވީޓެއް ކުރައްވަވާފައި މިވަނީ އިސްލާމް ދީނަކީ ކޮބައިކަމާއި އިސްލާމް ދީން މަތިވެރިކުރުމަކީ ކޮބައިކަމާއިމެދު ރާއްޖޭގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ ވަގުތެއްގައެވެ.
އެއްބައަކު ބުނަނީ ވައްކަން، ކޮރަޕްޝަން، ފަސާދަ، ޚިޔާނާތް، އަނިޔާވެރިވުން، ނަހަލާލު ގޮތުގަ ކާންބޯން ފައިސާ ހޯދުން އޯކޭ ކަމަށެވެ. އަދި މިކަންކަން ކުރުމަށް ގެންދަނީ ހިއްވަރުދެމުންނެވެ. އެހެންކަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައި އެވަނީ ޝައިޚް ދެނެވަޑައިގަންނަވާ އިސްލާމް ދީނުގައި އޮންނަނީ ވައްކަން، ކޮރަޕްޝަން، ފަސާދަ، ޚިޔާނާތް، އަނިޔާވެރިވުން، ނަހަލާލު ގޮތުގަ ކާންބޯން ފައިސާ ހޯދުން ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައި ކަމަށެވެ. އެއިގެ ބަދަލުގައި އިސްލާމް ދީން އަމުރު ކުރަނީ ތެދުވެރިވުމަށާއި އަމާނާތްތެރިވުމަށާއި އަދުލުވެރި ވުމަށާއި ތަޤްވާވެރިވުމަށް ކަމަށެވެ.
Alhugandumen dhanna islam dheenugai onnanee: vakkan, corruption, fasaadha, khiyaanaai, aniyaaverivun, nahalaalu gothugai kaan boan faisaa hoadhun kanda elhigen Haram kurahvaafa! eyge badhal amuru kuranee thedhuveri vumashaa amaanaai therivumashaa adhulveri vumashaa thaqvaa ah!
— Ali Zaid (@alizaid1000) September 21, 2018