ހދ. ކުޅުދުއްފުށީ އެއާޕޯޓް ޓަރމިނަލްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި އެއާޕޯޓު ހުޅުވުމަށް މިއަދު އެރަށަށް ވަޑައިގެން ވާރޭގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައީސް ޔަމީން ވިދާޅުވީ އެރަށުގައި ހަދާ ޓާރމިނަލަކީ ރާވާލާ އިމާރާތެއް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އެމަސައްކަތް ނިމިގެންދާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އުތުރުގެ ތަރައްގީގެ ނާރެހަކަށްވާނީ ކުޅުދުއްފުށި ކަމަށާއި ކުޅުދުއްފުށި އެއާޕޯޓާއެކު އެސަރަޙައްދުގައި އިތުރު އެއާޕޯޓްތައް ހެދިގެންދާނެ ކަމަށާއި އެރަށުގައި ގެސްޓް ހައުސްތައް ހަދައި ލޯކަލް ޓޫރިޒަމް ފެށިގެން ދާނެ ކަމަށެވެ.