އަދީބުގެ ވަކީލުގެ ބަންދަށް ހަ ދުވަސް ޖަހައިފި

ކިޔުމަށް ހޭދަވާނީ 41ސ
އަދީބުގެ ވަކީލުގެ ބަންދަށް ހަ ދުވަސް ޖަހައިފި
މިސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖުގެ ބަންދަށް ހަ ދުވަސް, މިއަދު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ސިރާޖު ހައްޔަރު ކޮށްފައިވަނީ ހޮޓެލް ޖެން އިން އޭނާ ނިކުތްތަނުން ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރު ކުރެވިފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ބެހޭގޮތުން އަދީބާއި ހަވާލާދީ ދޮގު ބަޔާންތަކެއް ނެރުނު ކަމުގެ ތުހުމަތުގައެވެ. މިމައްސަލައިގައި އޭނާ ހައްޔަރު ކުރުމުގެ އިތުރުން, ފުލުހުން މިއަދު ހެނދުނު ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ އެޕާޓްމެންޓު ވެސް ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ.

ސިރާޖް ހަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހަވީރު ކޯޓަށް ގެންދިއުމުންނެވެ.
މިއަދު އޮންލައިން