ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިނަށް ވޯޓު ލެއްވޭނީ ކޯޓު އަމުރެއް ހޯއްދަވައިފިނަމަ ކަމަށް އިލެކްޝަންސް އިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިމޭރުމުން ވިދާޅުވީ ކުއާލަލަމްޕޫރަށް ވޯޓުލައްވަން ޝައިޚް އިލްޔާސް ރީރަޖިސްޓަރ ކުރައްވާފައިވުމުން ވޯޓުލައްވަން ވަޑައިގަތުމަށް ފުރާވަޑައިގަންނަވަން ވަޑައިގަތުމުން އެމަނިކުފާނުގެ ޕާސްޕޯޓް ކޯޓު އަމުރެއްގެދަށުން އިމިގްރޭޝަނުން ހިފެހެއްޓުމާއި ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ޝައިޚް އިލްޔާސް ވޯޓުލައްވާތަން ދެން ބަދަލުކޮށްދެއްވޭނީ އެކަމަށް ކޯޓު އަމުރެއް ހުށަހަޅައިފި ނަމަ ކަމަށެވެ.