ﷲ ވާގިފުޅާއެކު ބޮޑުތަނުން މޮޅުވާނެ - ޞައްޙަ ނަތީޖާ ދެ ފަރާތުންވެސް ޤަބޫލުކުރަންޖެހޭނެ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ﷲ ވާގިފުޅާއެކު ބޮޑުތަނުން މޮޅުވާނެ - ޞައްޙަ ނަތީޖާ ދެ ފަރާތުންވެސް ޤަބޫލުކުރަންޖެހޭނެ: ފައިޞަލް
މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ކޯލިޝަން މާތް ﷲ ވާގިފުޅާއެކު ބޮޑުތަނުން މޮޅުވާނެ ކަމަށާއި އިންތިޚާބުގެ ޞައްޙަ ނަތީޖާ ދެ ފަރާތުންވެސް ޤަބޫލުކުރަންޖެހޭނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ވިދާޅުވީ މާދަމާއަކީ އެއްވެސް ބައަކު އެއްވެސް ހަމަޖެހުމެއް ހިންގަން އޮތް ދުވަހެއް ނޫން ކަމަށާއި ރައްޔިތުން ކޮށްދޭންވީ ކަމަކީ ވީހައި ހެނދުނަކާއި ނުކުމެ ވޯޓުލައި އަދި ލީ ވޯޓުގެ ނަތީޖާ އިއުލާނުކުރެވެންދެން ވޯޓުލީ ތަނުގައި މަޑުކޮށްދިނުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ޤައުމުގެ ވެރިކަން ޙަވާލުކުރާނެ މީހަކު ކަނޑައެޅުމަކީ ކޮންމެ 5 އަހަރަކުން އެއް އަހަރު ލިބޭ ފުރުޞަތެއް ކަމަށާއި އެހެންކަމުން އެފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި ވީހައި ގިނަ ބައަކު މާދަމާ ވީހައި ހެނދުުނަކާއި ނުކުމެ ވޯޓުލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ވަރަށް ކެތްތެރި އަދި ރިވެތި އަޚްލާޤީ ސިފަތަކެއް ލިބިފައިވާ ބައެއް ކަމަށާއި މާދަމާ ވެސް އެ ނަމޫނާ ދައްކައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު އޮންލައިން