އައިޑީ ކާޑު "ވިއްކި" ކަމަށް ބުނެ ގދ. ރަތަފަންދޫ އިން މިއަދު ހައްޔަރުކުރި އެމްޑީޕީ ގެ ހަތަރު ޒުވާނުން ދޫކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އައިޑީކާޑު ވިއްކާ ކަމުގެ ޝަކުވާ ލިބިގެން ރަތަފަންދޫއިން ހައްޔަރު ކުރި ހަތަރު މީހުން މިހާރު ދޫކޮށްލެވިފައިވާ ކަމަށެވެ.
އެމްޑީޕީގެ އެހަތަރު ޒުވާނުން އައިޑީކާޑު ވިއްކި ކަމަށް ބުނާ ތުހުމަތު އެރަށު ކައުންސިލުން ދޮގު ކުރެއެވެ.