މުދަލާ މަތީ މަޤާމަށް ދަހިވެތިވުމުގެ ނުބައިކަން - ޝައިޚް ފައްޔާޟް ޢަލިމަނިކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މުދަލާ މަތީ މަޤާމަށް ދަހިވެތިވުމުގެ ނުބައިކަން - ޝައިޚް ފައްޔާޟް ޢަލިމަނިކު
"މީހަކު މުދަލާއި މަތީ މަޤާމަށް ދަހިވެތިވެއްޖެނަމަ އެ ދެކަމުން އޭނާގެ ދީނަށް ވާގެއްލުން، ބަނޑުހައިވެފައިވާ 2 މިނިކާވަގު ބަކަރި އައިނެއްގެ ތެރެއަށް ދޫކޮށްލުމުން އެ ދެއެތި ބަކަރި އައިނަށް ދޭ ގެއްލުމަށްވުރެ ބޮޑުވާނެއެވެ."

މިއީ ޙަދީޘްފުޅެއް ކަމަށް ވިދާޅުވެ ޝައިޚް ފައްޔާޟް ޢަލިމަނިކު ކުރައްވަވާފައިވާ ޓްވީޓެކެވެ.

ފައްޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު މުދަލާއި މަތީ މަޤާމުގެ ދަހިވެތިކަމުގައި ގިނަ ބައަކު ނުކުރާ އެއްވެސް ކަމެއް ނެތްކަން ދަނީ ހާމަވަމުންނެވެ. އެއިގެ ތެރޭގައި ކަނޑައެޅިގެން އިސްލާމް ދީނުގައި ކުރުން ޙަރާމް ގިނަ ކަންތައްތަކެއް ކުރާކަން ފާހަގަކޮށް ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.



މިއަދު އޮންލައިން