ވޯޓިންގ ބޫތު ހުންނަ ގޮތް ބަދަލު ކޮށްފި
އިލެކްޝަންސް ކޮމިޝަންގެ އެންގުމުގެ މަތިން، ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖަހާ ބޫތު ހުންނަ ގޮތް ބަދަލު ކޮށްފިއެވެ.
ވޯޓިންގ ބޫތު ކުރިން އިންނަ ގޮތުން، ވޯޓުލާންދާ މީހުން އޮބްޒަވަރުންނާއި މޮނީޓަރުންނަށް ފުރަގަސް ދީގެން ހުރި ކަމުގައި ވިޔަސް، މިހާރު ހުންނަނީ ކުރިމައްޗަށް ވާ ގޮތަށެވެ.