މަސްތުވާތަކެއްޗާއެކު މީހަކު މަޑުއްވަރިން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
މަސްތުވާތަކެއްޗާއެކު މީހަކު  މަޑުއްވަރިން ހައްޔަރުކޮށްފި
ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މަޑުއްވަރީގައި މަސްތުވާތަކެތި ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުން މަޢުލޫމާތައް ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 53 އަހަރުގެ ފިރިހެނެކެވެ.

މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 12:56 ހާއިރު ހިންގި މިއޮޕަރޭޝަނެއްގައި، މަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފަވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ފައިނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.

މިއަދު އޮންލައިން